curriculum


f
    





ކަރިކިޔުލަމް އެންޑް ޕެޑަގޮޖީ


މިއެސައިންމަންޓަކީ މާސްޓަރ އޮފް ޓީޗިން އެންޑް ލާރނިން މިކޯހުގެ ކަރިކިއުލަމް އެންޑް އެޑްވާންސްޑް ޕެޑަގޮޖީ މާއްދާގެ ކަރިކިއުލަމްބައިން ހަދާ ފުރަތަމަ އެސައިންމެންޓެވެ. މިއެސައިންމަންޓްގައި ހިމެނޭނީ މައިގަނޑު ގޮތެއްގައި ކަރިކިއުލަމް ގައި ހިމެނޭ ބައިތައް އިލްމީ ދިރާސާތަކާއި ކަމުގެ ފަންނުވެރިންގެ ބުނުންތަކުގެ މަތިން ހޯދާ ބަލާފައިވާ އިލްމީ ގިނަ މަޢުލޫމާތު ތަކެކެވެ.  އަދި ކޮންމެބަޔެއްވެސް ކިޔުން ތެރިންނަށް ފަސޭހައިން ދޭހަކޮށް ދިނުމުގެ ގޮތުން ފުޓޯ އާއި ޗާޓުތައް ހިމަނާފައިވާނެއެވެ.

ޑެފިނިޝަން އޮފް ކަރިކިޔުލަމް.
ކަރިކިއުލަމަކީކޮބާތޯ ؟ އަދި ކަރިކިއުލަމުގެ ބޭނުމަކީ ކޮބާތޯ؟ އަދި އެހެންމެ ދަރިވަރުން އަދި ޓީޗަރުންނާއި ކަރިކިއުލަމު ގުޅުން ހުރީ ކިހާވަރަކަށްތޯ؟ ބަލާއިރު މައިގަނޑު 5 ގޮތަކަށް ކަމުގެ ފަންނުވެރިން އަދި ތައުލީމީ މުފައްކިރުން ކަރިކިޔުލަމް ތަޢާރަފް ދެއްވާފައިވެއެވެ. މިގޮތުން ޓޭލަރ އެންޑް ޓަބާ ދެކޭގޮތުގައި ކަރިކިއުލަމް އަކީވަކި މަޤުޞަދު ތަކެއް ޚާޞިލް ކުރުމަށްޓަކައި  ރާވާލެވިފައިވާ ޕުލޭނެކެވެ. އަދި މިޕްލޭންގައި ހުރިހާ ހަރުފަތް ތައް ހުންނަށްވާނީ ގުޅިލާމެހިގެން ދާގޮތަށެވެ. އަދި މިގޮތަކީ އެންމެ ރަގަނޅު ގޮތް ކަމުގައި މެނޭޖުމެންޓް ގިނަ ބޭފުޅުން ޤަބޫލު ކުރައްވައެވެ.


ހޮލިސް ކޭސްވެލް އަދި ޑޯކްކެމްބެލް (1930) ވިދާޅުވާގޮތުގައި ސުކޫލާއި ސުކޫލުން ބޭރުންވެސް ޓީޗަރުންނާއި ދަރިވަރުންނާއި ގުޅުން ހުރި އެންމެހައި ފަރާތް ތަކުން ދަސްވާއެންމެ ހައި އެންޗަކީވެސް ހަމަ ކަރި ކިއުލަމްގެ ގޮތުގައި ބެލޭނެއެވެ.
ކަރިކިޔުލަމް އަކީ އޭގެ ޒާތުގައި ބަދަލުވަމުންދާ ،އަދި ބަދަލުތައް ގެނައުމަށް އެކިކަހަލަ މަޖުބޫރީ ކުރިމަތިވަމުންދާ މުޖުތަމައެއްގައި އެއަންނަބަދަލު ތަކާއި ގުޅޭގޮތުން ތައުލީމީ ނިޒާމަށް އަންނަ ބަދަލެކެވެ. އެފަދަ ބަދަލު ތަކަކީ އެއްވެސް ސުވާލެއްނެތްގޮތުގައި އާބާދީއަށް އަންނަބަދަލުތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލާއި ބޭނުންތަށް ބަދަލުވުމުން އުގެނިދަސްކުރާ އެއްޗަކަށް އަންނަބަދަލެވެ. ބޮބު(2011 ).
ކަރިކިއުލަމަކީ އުގެނުމުގެ ތަޖުރިބާތަކުގެ އަލީގައި ކަނޑައެޅިފައިވާ މައިގަނޑު ގޯލެއް ޚާޞިލު ކުރަމަށްޓައި އަދި އެއާއި ގުޅޭވަކި ޚާއްސަބައިތަކަކުން އެބަޔެއްގެ މަޤުޞަދު ޙާޞިލް ކުރެވޭގޮތައް ރާވާލެވިފައިވާ ފުރޭމް ވޯކެކެވެ. މީގައި ހިނެނޭނީ އެކިތިޔަރީ ތަކާއި ދިރާސާތަކާއި ކުރިން ލިބުނު ތަޖުރިބާތަކާއި ކަމުގެ ފަންނު ވެރިން ތައްޔާރުކުރާ އަމަލީ ބައިތަކެވެ. ދީބުތީ ގުބުތާ (2009)









ކަރިކިޔުލަމް އެޕްރޯޗަރސް
ކަރިކިޔުލަމް އެޕްރޯޗުން ދައްކައިދެނީ އަހަރެމެންގެ ސުކޫލުތަކާއި މުޖުތަމައުގެ ސިފަތަކެވެ. އަދި އެބައެއް ޤަބޫލުކުރާ ހަމަތަކާއި އުސޫލުތަކެވެ. އަދި ކަރިކިޔުލަމުގެ މާހިރުން ފަންނުވެރިން ޤަބޫލު ކުރާގޮތުގައި އެކިހާލަތް ތަކާއި ގުޅިގެން ކަރިކިއުލަމް އެޕްރޯޗް ބޭނުން ކުރެވޭ ގޮތް ތަފާތު ވެގެންދެއެވެ. އަދި މައިގަނޑު 6 ބަޔަކަށް ކަރިކިޔުލަމް އެޕްރޯޗް ބެހިގެންވެއެވެ.


ބިހޭވިރަލް އެޕްރޯޗް
ބިހޭވިރަލް އެޕްރޯޗް ބެލެވެނީ އެންމެ ގިނަދުވަސްވީ އަދި އޭގެ މަޤުސަދާއި ހާސިލް ކުރަން ބޭނުންވާ ލަނޑުދަޑިތައް ލިޔެވި ޕްރިންޓް ފައިވާ އެޕްރޯޗްގެ ގޮތުގައެވެ. އަދި ލާރނިން އައުޓް ވަޒަން ކުރެވޭނީ ކަނޑާފައިވާ މަޤުޞަދަށް ރިޔާއަތް ކޮށްގެންނެވެ. އަދި ބިހޭވިރަލް އެޕްރޯޗް ހިޔާލަކީ އިންޓަސްޓްރީ އަދި ވިޔަފާރި ތަކުގެ އުފެއްދުން ތެރިކަން އިތުކޮށް ޤާބިލިއްޔަތު އިތުރު ކުރުމުގެ ގޮތުން ފެޑްރިކް ޓޭލަރ މިއެޕްރޯޗް ބޭނުންކޮށްފައިވެއެވެ.

މެނޭޖެރިއަލް އެޕްރޯޗް
މެނޭޖެރިއަލް ފެށިގެން އައީ 1900 އަހަރުތަކުގައެވެ. މިއެޕްރޯޗްގައި ސުކޫލު ބަލަނީ އިޖްތިމާއީ ތަނެއްގެ ގޮތުގައެވެ. އަދި ގުޅިފައިވާ އޮގަނައިޒޭޝަނެއްގެ ގޮތުގައި މަސައްކަތް ކުރެއެވެ.އަދި ކުލާސްތަކުގައި ކަރިކިއުލަމްގެ ބައިތައް ޚާޞިލް ކުރުމަށް ރާވާލެވިފައިވާ ޕުރޮގްރާމެއްގެ ގޮތުގައި ކުރިއަށް ގެންދެއެވެ.

ސިސްޓަމިކް އެޕްރޯޗް
މިއެޕްރޯޗްގައި ކަރިކިޔުލަމްގައި ހިމެނޭ ބަހާތަކުގެ ގުޅުން އެއްބަޔާއި އަނެއްބައިގެ މެދުގައި ވަކި ސިސްޓަމެއްގެ ގޮތުގައި ގުޅިފައިވާނެއެވެ. އަދި މިސިސްޓަމުގައި ރާވާލެވިފައިވާ ސުޓްރަކްޗަރ ގައި މުހިންމު ބައިތައް އަދާކުރާނީ އެކަމަކަށް ޙާއްޞަބައެކެވެ. މިގޮތުން ކިޔަވައި ދިނުމުގައި ޓީޗަރުން، ސުޕައިޒަރުން .ޕްރިންސިޕަލް ފަދައިން ޒިންމާތައް ހުންނާނީ ހަވާލު ކުރެވިފައެވެ.
އެކަޑަމިކް އެޕްރޯޗް.
އެކަޑަމިކް އެޕްރޯޗް ބެލެވިފައިވަނީ ތާރީޚީ ޝަޤާފީ ބުނުންތަކާއި އެތަނެއްގެ މީހުން ޤަބޫލުކުރާ ހަމަތަކެއް އެއީ ކަރިކިޔުލަމް ބައެއްގެ ގޮތުގައި ހިމެނުމުގެ ވިސްނުމެވެ. މިއެޕްރޯޗް ގައި ތަފާތު ބައިތައް އިތުރު ކޮށް ކިޔަވައިދިނުމާއި ، ޤައިޑް ކުރުމާއި ވަޒަން ކުރުން އަދި ސުޕަވައިޒް ކުރުމާއި އިދާރީ އުސޫލުތައް ވަނީ ތަޢާރަފް ކުރެވިފައިވެއެވެ.  ޖޯނުއަދި ހެންރީ މޮރިސް)  1950(
ހިޔުމެނިސްޓިކް އެޕްރޯޗް.
ހިޔުމެނިސްޓިކް އެޕްރޯޗްގައި މާހިރުން ދެކޭގޮތުގައި މިކަރިކިއުލަމްގައި ރަސްމީގޮތުންނާއި ނުރަސްމީގޮތެއްގައިވެސް ހަމަ އެކަނި ވިސްނުން ނޫނީ ސިކުޑީގެ އުފެއްދުންތެރިކަން އިތުރު ކުރުމުގެ އިތުރުން އާރޓާއި ސިއްޙީ ގޮތުން ހެދިބޮޑުވުން ވެސް ވައި މާއްދާ ތަކެއްގެ ގޮތުގައި ބަލާ ހިސާބާއި ސައިންސް ފަދައިން ތައްޤީކުރުމަށް އިސްކަން ދޭންޖެހެއެވެ. އަދި ގުޅިގެން އުގެނުން އަދި އަމިއްލައަށް އުގެނުންވެސް ، އަދި ކުދި ގުރޫޕްތަކުގައި އުގެނިދަސް ކުރުމާއި ބޮޑެތި ގުރޫޕް ތަކުގައިވެސް ދަރިވަރުންގެ ޚަރަކާތް ތައް ކުރިއަށް ގެންދަންޖެހެއެވެ.


ޕޯސްޓް މޮޑަން އެޕްރޯޗް.
ޕޯސްޓް މޮޑަން ކަރިކިޔުލިސްޓުން ތިޔަރިސްޓުން ބޮޑަށް ވިސްނުން ފޯކަސް ކޮށްފައިވަނީ މީހުންގެ ވިސްނުމާއި ގުޅިފައިވާ އެކިމައްސަލަ ތަކުގެ މައްޗަށެވެ. މިގޮތުން ހޯދާބަލާ އަދި ނުފޫޒު ފޯރުވަމުންދަނީ އިޖުތިމާއީ ،އިޤްތިޞާދި އަދި ސިޔާސީ އިންސިޓިއުޓް ތަކަށެވެ. މިއަދުގެ ޚާލަތައް ބަލާއިރު ފޯސްޓްމޮޑަން އެޕްރޯޗް ގެ ވިސްނުން ގެންގުޅުންވާ މީހުން ބޮޑަށް ސަމާލުކަން ދެނީ ހަމަހަމަ ކަމާއި ތަފާތު ކުރުން ނައްތާލުމާއި ނާއިންސާފުންލިބޭއަނިޔާތަކުގެމައްޗަށެވެ. ޖޯޖު ކައުންޓް
މިތިޔަރީގައި ބުނާގޮތުން މުތަމަޢުގެ ޚާލަތު ބަދަލުވަމުން ދާނެއެވެ. މިސާލެއްގެ ގޮތުގައި މިހާރަކަށް އައިސް އާއިލާ ތަކުގެ މެމްބަރުން ދިރިއުޅެން ދިމާވެފައިވާގޮތްތަކުން އާއިލާގެ މެމްބަރުންގެ ތެރޭގައި ކުރިން އޮންނަފަދަ އެކުވެރިކަމާ ގާތްކަން ފަދަ ކަންތައް ތަކަށް ބަދަލު އަންނަމުންދާނެއެވެ. އެހެން ކަމުން ކަރިކިޔުލަމުން ނެރެވޭ ނަތީޖާ އާއި މަދަރުސީ ތަޢުލީމުގެ މަރުޙަލާތައް ތަރުތީބު ގޮތުން މިބައިތައް ހިމަނަށް އެބަޖެހެއެވެ.

thauleemee-nizaam



ފައުންޑޭޝަންސް އޮފް ކަރިކިޔުލަމް
ފައުންޑޭޝަން އޮފް ކަރި ކިއުލަމް އުފެދިގެންދަނީ ތަފާތު ތިޔަރީ ތަކާއި ތައުލީމީ އުސޫލުތަކާއި އައިޑިޔަ ތަކާއި ފިލޯސަފީ އާއި ތާރީޚާއި އަދި އިޖުތިމާއީ އުސޫލުތަކާއި އެކު ކިޔަވައި ދިނުމުގެ އަސާސެއްގެ މައްޗަށެވެ. ޖޯސެފް ސުޗްވަބް( 1969 ) ނަމަވެސް މިހާރު މީގެ އިތުރުން މައިގަނޑު ދެބައި ފައުންޑޭޝަން އޮފް ކަރި ކިޔުލަމް ހިމާނާފައި ވެއެވެ. އެއީ ގުލޯބަލައި ޒޭޝަން އަދި ޓެކްނޮލަޖީއެވެ.
ފައުންޑޭޝަން އޮފް ކަރިކިއުލަމް ބެހޭމައިގަނޑު 4 ބައި
 ފައުންޑޭޝަންއޮފްކަރިކިއުލަމްގައި މައިގަނޑު އުސޫލްތަކެއް އަދި ހިޔާލުތަކެއް ހިމެނިގެންދާއިރު ހަމަ އެއާއި އެކު ޤަބޫލުކުރާ ހަމަތަކާއި ސިފަތަކެއްވެސް ހުންނަކަމަށް ޑޭވިޑް ޖޯނަސެފް (2011) ވިދާޅުވެއެވެ. މިގޮތުން ފުރަތަމަ ސިފައަކީ އެމުޖުތަމައެއްގެ ފިލޯސަފީ އާއި ޤަބޫލުކުރާ  އަސާސްތަކެއްގެމައްޗަށް ކަރިކިޔުލަމް އެކުލަވައިލާފައި ވުމެވެ. ތަޢުލީމު ދިނުމުގެ ހުރިހާ މުހިންމު ބައިތަކާއި ދަރިވަރުން ޙާޞިލު ކުރަން ބޭނުންވާ ހުރިހާކަމެއްގެ ފުރިހަމަ ތަޞައްވުރެއް ކަރިކިއުލަމްގައި ހިމެނިފައިވުމެވެ. އުނގެނުމާއި އުނގަންނައިދިނުން ރާވާލެވިފައިވާގޮތުގެ ތަފްޞީލާއި، ކަރިކިޔުލަމުން ނެރެވޭ ނަތީޖާ މިންކުރާނެ ގޮތްތަކެއް ހިމަނާފައިވުމެވެ. މަދަރުސީ ތަޢުލީމުގެ މަރުޙަލާތައް ތަރުތީބު ކުރެވިފައިވާގޮތް ހިމެނުމެވެ. އަދި އުނގެނުން ރާވާފައިވާގޮތާއި ދަރިވަރުން ޙާޞިލުކުރަންޖެހޭ މިންވަރާއި ފެންވަރު ވަޒަންކުރާނެގޮތާއި ކާމިޔާބުކަމާއެކު މަންހަޖު ތަންފީޒު ކުރުމަށްޓަކައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޒިންމާތައްވެސް ކަރިކިއުލަމް ބަޔާންކޮށްފައިވުމެވެ. ދަރިވަރުން ޢަމަލީގޮތުން ބައިވެރިކުރުވައިގެން އުނގަންނައިދިނުމަށް (އެކްޓިވް ލަރނިންގ) ބާރުއަޅާފައިވުންވެސް ހިމެނެއެވެ.  

ދަރިވަރުން ޙާޞިލުކުރަންޖެހޭ ޤާބިލިއްޔަތެއް ކަނޑައަޅާފައިވުމެވެ. މި ޤާބިލިއްޔަތުތަކަކީ ހަރުދަނާ ދިރިއުޅުމަކަށް ބޭނުންވާނެ މަޢުލޫމާތާއި ހުނަރާއި ސިފަ މަދަރުސީ ތަޢުލީމުގެ ނިޒާމުން ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށްޓަކައި ހިމަނާފައިވާ ޤާބިލިއްޔަތުތަކެކެވެ. މިޤާބިލިއްޔަތުތަކަށް ވާޞިލުވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާއާއި ފަށާތަޢުލީމުގެ މަރުޙަލާގައި އުނގަންނައިދިނުންފަރުމާކޮށްފައިވަނީ އުނގަންނައިދިނުމުގެ ދާއިރާތައްގުޅުވައިލައިގެން (އިންޓަރ ގުރޭޓެޓް) ކޮށް ގެންދާގޮތަށެވެ.  

ތިންވަނަ ސިފައަކީ ދަރިވަރުންގެ އުމުރުފުރަޔާއި އަދި ދަރިވަރުންގެ ހުނަރުތައް ތަރައްޤީވަމުން އަންނަގޮތަށް ރިޢާޔަތްކޮށްގެން މަންހަޖު އެކުލަވައިލާފައިވުމެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ އުޞޫލުތައް ކަނޑައަޅާފައިވަނީ ދަރިވަރުންގެ ކުރިއެރުން ހުންނަ މިންވަރަށް ބަލައިގެންނެވެ. މީގެ ސަބަބުން ތަޢުލީމުގެ އެއް މަރުޙަލާއިން އަނެއް މަރުޙަލާއަށް ދަރިވަރުންނަށް ވަރަށް އޮމާންކަމާއެކު ބަދަލުވެވޭނެއެވެ.

ކަރިކިއުލަމް ޑޮމެއިންސް
އެޑްމަންޑް ސޯޓް ،ލިސްޓްކުރައްވާގޮތުގައި ކަރިކިއުލަމް ޑޮމެއިން އަކީ ސިޔާސަތު ކަނޑައެޅުމާއި، ކައިކިއުލަމް ތަރައްޤީ ކުރުމާއި ވަޒަން ކުރުމުގެ މަރުޚަލާ ގަޔާއި ގެންނަން ޖެހޭ ބަދަލު ތަކާއި އަދި ޑިސިސަން ނެގުމުގެ މަރުޚަލާގަޔާއި ކިޔަވައި ދެއްވުމުގެ ތެރޭގަޔާއި އަދި ބޭނުން ކުރާ ބަހުރުވައިގައިވެސް ހިމެނޭ މުޙިއްމު ބަހާއެކެވެ. އަދި ކަރިކިއުލަމް ޑޮމެއިންސް ގެ ގޮތުގައި އުގަންނައި ދިނުމުގެތެރެއިން ކަރިކިއުލަމްގައި ކަނޑައަޅާފައިވާ މަޤުސަދު ތަކާއި ލަނޑު ދަޑިތައް ޚާޞިލް ކުރުމުގެ ގޮތް ތައް ހިމެނިގެންދެއެވެ.
 ތިރީގައި މިވަނީ ކަރިކިއުލަމް ޑޮމެއިން ތެރެއިން އެންމެ ގިނަ ބޭފުޅުން ޑޮމެއިން ތަރުތީބު ކުރައްވާ ގޮތެވެ.

1
ކަރިކިއުލަމް ފިލޯސަފީ
4
ކަރިކިއުލަމް ހިސްޓްރީ
7
ކަރިކިއުލަމް އިވެލުއޭޝަން
2
ކަރިކިއުލަމް ތިޔަރީ
5
ކަރިކިއުލަމް ޑިވޮލޮޕްމެންޓް
8
ކަރިކިއުލަމް ޕޮލިސީ
3
ކަރިކިއުލަމް ރިސާޗް
6
ކަރިކިއުލަމް ޑިޒައިން
9
ކަރިކިއުލަމް ފިލްޑް އޮފް ސުޓަޑީ




ކަރިކިއުލަމް އިމްޕްލިމެންޓޭޝަން
ކަރިކިއުލަމް ތައްފީޒުކުރުމުގެ ޒިންމާއާއި ޙަވާލުވެފައި ވަނީ ސުކޫލު މަދްރަސާތަކާއި އެންމެހައި ތަޢުލީމް ފޯރުކޮށްދޭ މުއައްސަސާތަކެވެ. މިގޮތުން ސުކޫލު ތަކުގެ ވެރިންނާއި މުދައްރިސުންނަކީ ކޮންމެ ދުވަހަކުވެސް ރޭވިފައިވާ ޓޭބަލެއްގެ މަތިން ކަރިކިއުލަމް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަވާ ފަރާތްތަކެވެ. އަދި ޚާއްސަގޮތެއްގައި މުދައްރިސުންނަކީ ކަރިކިއުލަމްގެ މަޤުސަދުތައް ޚާޞިލް ކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރާފަރާތެވެ. ތަފާތު ޓޭބަލް ތަކާއި ސުކީމްތަކާއި ލެޝަން ޕުލޭން ތަކުގެ އެހީގައި ކަރިކިއުލަމް އެންމެގައި ބައިތައް ތަންފީޒު ކުރަނީ މުދައްރިސުންނެވެ.
މަންހަޖު ތަންފީޒު ކުރުމުގައި ވިސްނަންވީ އެއްކަމަކީ އެކި ދަރިވަރުންގެ އުނގެނުމުގެ ގޮތްތައް ތަފާތު ވާނެކަމެވެ. ވުމާއެކު، އުނގަންނައިދީ، ތަރުބިއްޔަތު ކުރަންވާނީ ތަފާތު އުޞޫލުތައް ބޭނުންކޮށްގެންނެވެ. ދަރިވަރުން ޢަމަލީގޮތުން ބައިވެރިކޮށްގެންނެވެ. އަދި އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ބޭނުންކޮށްގެންނެވެ. އޭރުން ދަރިވަރުން ޝައުޤުވެރިވާގޮތަށް އުނގަންނައިދެވޭނެއެވެ. އުނގަންނައިދިނުމުގައި ޙަރަކާތްތެރިގޮތެއްގައި ދަރިވަރުން ބައިވެރިކުރެވޭނެއެވެ. އަދި ތަފާތު ކަންތައްތަކާމެދު ދަރިވަރުންގެ މެދުގައި މަޝްވަރާކުރުމުގެ ފުރުޞަތު ލިބޭނެއެވެ. މަންހަޖުގައި ބަޔާންކުރާ، ޙިއްޞާކުރާ އަގުތަކާއި މައިގަނޑު ޤާބިލިއްޔަތުތަކަށް ސަމާލުކަންދީގެން އުނގަންނައިދެވޭކަން ކަށަވަރު ކުރަންޖެހެއެވެ. އަދި މަންހަޖުގެ މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި، މުދައްރިސުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތައް ދާއިމީގޮތެއްގައި ރާވައި ހިންގުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. މީގެއިތުރުން، މަންހަޖު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.

1.     އުނގެނުމަށް އެކަށީގެންވާ މާޙައުލެއް ޤާއިމުކުރުން
2.     ދަރިވަރުންނަށް އެންމެ ބޭނުންވާ މާއްދާތައް އިޚްތިޔާރު ކުރުން
3.     މަދަރުސާ ގައި ކިޔަވައިދޭނެ ވަޤުތު އިންތިޒާމް ކުރުން
4.     ކުލާހާއި ކްލާހުން ބޭރުގައި އުނގެނުމަށް ފުރުޞަތު ހޯދައިދިނުން
5.     އުނގެނުމާއި އުނގަންނައިދިނުން ކުރިއަށްގެންދިއުން
6.     އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚިދުމަތް ދިނުން
7.     މާނަވީގޮތެއްގައި އިތުރު ޙަރަކާތްތައް ހިންގުން
ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމު ކުރުން މުދައްރިސުންގެ ފަންނީ ތަމްރީން ދާއިމީގޮތެއްގައި ކުރިއަށްގެންދިއުން ކަރިކިއުލަމް ތަންފީޒު ކުރުމަށް އެކަށީގެންވާ ހަރުދަނާ ޕްލޭނެއް އެކުލަވައިލަންވާނެއެވެ. އަދި، ކަރިކިއުލަމް ތަންފީޒުކުރުމުގައި ވަށައިޖެހޭ ތަޢުލީމެއް ދިނުމަށް ބާރުއަޅަންވާނެއެވެ. މިގޮތުން ދަރިވަރުންގެ ރޫޙާނީ، ޖިސްމާނީ، އިޖުތިމާޢީ، އަދި އުފެއްދުންތެރިކަމާއި ވިސްނުމުގެ ތަރައްޤީއަށް ހަމަހަމަގޮތެއްގައި ބާރު އަޅަންވާނެއެވެ. މިލަނޑުދަނޑިއަށްވާޞިލުވުމަށްޓަކައި މަންހަޖު ރާވާލައިފައިވާގޮތާއި މަންހަޖުގެ މައިގަނޑު އަސާސްތަކަށް މަދަރުސާތަކުގެ ވެރިންނާއި މުދައްރިސުންނާއި ބެލެނިވެރިން އަހުލުވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.




ކަރިކިއުލަމް އިވެލުއޭޝަން
ކަރިކިއުލަމް އިވެލުއޭޓް ކުރުމަކީ ރަސްމީގޮތެއްގައި ކަނޑައެޅިފައިވާ ފެންވަރެއް ގައި ކިޔަވައި ދިނުން ކުރިއަށް ދޭތޯ ބެލުމާއި އަދި ކަނޑައެޅިފައިވާ ވެލިޔުތަކާއި މަޤުޞަދުތައް އެންމެ އެދެވޭގޮތުގައި ކުރިއަށް ދޭތޯ ބެލުމެވެ. ވޯތޭން އެންޑް ސަންޑާރ (1987) ހަމަ މިއާއެކު އޮސްޓެއިން އެންޑް ހަންކިން(1998) މާނަ ކުރާ ގޮތުގައި ކަރިކިއުލަމް އިވެލުއޭޝަން އަކީ ވަކި އުސޫލަކުން މީހުންގެ ހުށައެޅުންތަކާއި ،ޤަބޫލުކުރުންތައް ބަލާހޯދާ އަދި އޭގެ ތެރެއިން ބަދަލުކުރަންވާބައިތައް ދެނެގަނެ ،އުނިކުރަން ޖެހޭބައިތައް ބަލާ އާންމު އުސޫލަކުން ދަރިވަރުންގެ ފޮތް ތަކަށް އުނިކުރުމާއި އެކު ހެޔޮބަދަލު ގެނައު މެވެ.
ފެންވަރު ވަޒަންކުރުމަކީ އުނގެނުމާއި އުނގަންނައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާކަމެކެވެ. ކަރިކިއުލަމްގައި ބަޔާންކޮށްފައިވާ އުނގެނުމުގެ މައިގަނޑު ދާއިރާތަކުން ދަރިވަރުންގެ ކިބައިގައި އަށަގަންނުވަން ބޭނުންވާ ޤާބިއްލިއްޔަތުތައް ޙާޞިލުވާ މިންވަރު ވަޒަންކުރަންވާނީ ހަމައެކަނި ދެވޭ އިމްތިޙާން ކަރުދާހަކުންނޫނެވެ. ފެންވަރު ވަޒަންކުރުމުގެ ތަފާތު އުކުޅުތައް ބޭނުންކޮށްގެންނެވެ. ސްކޫލުތަކުގައި ފެންވަރު ވަޒަންކުރުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.

1.     ފެންވަރު ވަޒަން ކުރުމުގައި ތަފާތު ގޮތްތައް ބޭނުންކުރުން
2.     ފެންވަރު ވަޒަންކުރުމުގައި ސުކޫލު މުޖުތަމަޢު ޙިއްޞާވުން
3 .އުނގެނުމަށް ފަހިވާގޮތަށް ފެންވަރު ވަޒަންކުރުން
          ދާއިމީގޮތެއްގައި ފެންވަރު ވަޒަންކުރުން ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމަށްފަހު ނުކުންނަ ނަތީޖާގެ މައްޗަށް ބިނާކޮށް ދަރިވަރުންގެ ޤާބިލުކަމާއި އިތުރު އެހީ ބޭނުންވާ ދާއިރާތައް ދެނެގަނެ، ދެވޭ ތަޢުލީމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ސްކޫލް މުޖުތަމަޢުގެ އެންމެހައި ފަރާތްތަކާއެކު އެ މަޢުލޫމާތު ޙިއްޞާކުރަންވާނެއެވެ. ވަކިން ޚާއްޞަގޮތެއްގައި، ދަރިވަރުގެ އުނގެނުން ފަހިވާނެގޮތެއްގެ މަތިން އެދަރިވަރަށާއި ބެލެނިވެރިޔާއަށް ދަރިވަރުގެ އުނގެނުމާއި ޖުމުލަ ތަރައްޤީ އަންގައިދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
              އަބަދުވެސް ދަރިވަރުންގެ ފެންވަރު ވަޒަން ކޮށް ރިކޯޑް ކުރުން ބިނާވެގެން ދަނީ ޓީޗަރެއްގެ ރޭވުން ތެރިކަމާއި ،އުފެއްދުން ތެރިކަމުގެ މައްޗަށެވެ. އަދި ކިޔަވައިދޭ ފިލާވަޅު ތައް އެންމެ ފުރިހަމަ ގޮތުގައި ދަރިވަރުންނަށް އުގަންނައި ދިނުމަށްޓަކައި ކޮންމެ ޓީޗަރަކުވެސް ކިޔަވައި ދޭ ފިލާވަޅުން ދަރިވަރުންނަން ޙާޞިލު ވާން ޖެހޭ މިންވަރުތަކާއި ،އެމިންވަރު ޙާޞިލްވި ކަން އަންގައިދޭ  ފާހަގަތައް ދެނެގަންނަށްޖެހެއެވެ. އަދި އަބަދުވެސް ވަކި ވަކި ދަރިވަރުންގެ ފެންވަރުން ވަޒަށް ކުރަމުން ނޯޓްކުރަމުން ގެންދިޔުމަކީ ދުރާލާ ރާވާލައިގެން ކުރިއަށް ގެންދަންޖެހޭ ކަމެކެވެ. އަދި ކަރިކިއުލަމުން ޚާޞިލްކުރަން ބޭނުންވާ މަޤުސަދުތައް ޚާޞިލް ވިތޯ ބެލުމަކީ ކައިކިއުލަމް އިސްލާޙް ކުރުމާއި ގެންނަށް ޖެހޭބަދަލުތައް ގެނައުމަށް އަބަދުވެސް ވަކި އުސޫލެއްގެ މަތިން ސަރުކާރުން ނޫނީ ތަޢުލީމް ފޯރުކޮށް ދިނުމާއި ޙަވާލުވެފައިވާ މުއައްސަސާ އަކުން ކުރަމުން ގެންދަށް ޖެހޭ މަސައްކަތެކެވެ.  އިމުތިހާނުކުރުމުގެ ނަތީޖާގެ ތެރެއިން ކަނޑައަޅާ ކަނޑައެޅުންތަކަށް މިކިޔެނީ ވަޒަންކުރުން ނުވަތަ އިވަލުއޭޝަންއެވެ. މިގޮތުން ބަލާއިރު އެއްމަސައްކަތް އަނެއް މަސައްކަތަށް ބާރުދެއެވެ. އިމުތިހާނުކުރެވޭގޮތްތަކުން ލިބިދޭ ނަތީޖާތަކުން ޤައުމުގެ ތަޢުލީމީ ހަޔާތުގައި ވަރަށް ގިނަފަހަރަށް ޢާއްމު ފެންވަރާއި ގުޅޭގޮތުން ތަފުޞީލީ މަޢުލޫމާތުތަކެއް ފޯރުކޮށްދެއެވެ. މިމަޢުލޫމާތުތަކުގެ އަލީގައި އަނެއްކާވެސް އިމުތިހާނުކުރުމުގެ ގޮތްބަދަލުކުރެވި ފެންވަރު ރަގަޅުކުރުމަށް ކަރިކިއުލަމް އަށް ގެންނަށްޖެހޭ ބަދަލު ގެނައުމަށް މަދުފަހިވެގެންދެއެވެ. މީގެން ފާހަގަ ކުރެވިގެންދަނީ ކަރިކިއުލަމް އަކީ އަބަދުވެސް އެއިރެއްގެ ޚާލަތާއި ، އާބާދީ އާއި މީހުންގެ ބޭނުން ތަކަށް ބަލައިގެން ބަދަލުވަމުން ތަރައްޤީ ވަމުންދާއެއްޗެއްކަމެވެ.
ޚުލާޞާކޮށް ބުނާނަމަ، ކަރިކިއުލަމް ބިނާވެފައި އޮންނަންޖެހޭނެ އަސާސަކީ، ހަމައެކަނި 'ތަޢުލީމު' (އޭގެ ހަނި ދާއިރާގައި) ކަމަށްވެގެން ނުވާނެއެވެ. ތަޢުލީމާއެކު، ތަމުރީނު އަދި ފުޅާމާނާގައި ތަރުބިއްޔަތު ނުދެވޭނަމަ، ތަޢުލީމީ ނިޡާމުން އުފެއްދޭ ދަރިވަރުންނަކީ، ޢިލްމުހުރިނަމަވެސް، ޙިލްމެއްނެތް، އަދަބެއް އަޚްލާޤެއް އަމުދުން ނެތް ބަޔަކަށް ނޫނީ ނުވާނެއެވެ. އެފަދަ ބަޔެއްގެ ސަބަބުން، މުޖުތަމަޢަށާއި ޤައުމަށް އެންމެ އެދެވޭ މަންފާކުރާނެކަމަކަށް ނުބެލެވެއެވެ.  އާދަމް ޒާހިރު (2015)
 ކޮންމެ ޤައުމެއްވެސް ތަރައްޤީވާނީ، ޤައުމުގެ ރައްޔިތުންވެސް ހޭލުންތެރިވެ ރިވެތި ތަހުޒީބުން ޒީނަތްތެރިވެގެންނެވެ. ހުނަރުވެރި ޤާބިލުބަޔަކަށް ވެގެންނެވެ. ދުޅަހެޔޮ ޞިއްޙަތެއްގެވެރި، އުފެއްދުންތެރި ބަޔަކަށްވެސް ވެގެންނެވެ. މިކަންކަން ޙާޞިލުވާނީ، 'ފުރިހަމަ' ކަރިކިއުލަމެއްގެ މައްޗަށް ބިނާވެފައިވާ ތަޢުލީމީ ނިޡާމެއް އޮވެގެންނެވެ. ތަޢުލީމު، ، ތަމުރީނު، އަދި ތަރުބިއްޔަތު ފުރިހަމަ މާނާގައި ލިބިދީގެންނެވެ. ފުރިހަމަ ތަޢުލީމީ ނިޡާމެއް ބިނާވެފައި އޮންނަންޖެހޭނެ އަސާސްތަކަކީ، މިދެންނެވީ އެވެ. އަލީ އަހުމަދު މަނިކު (2016)
މިމަޒުމޫނު ކިޔުއްވާ އެންމެހައި ބޭފުޅުންގެ ސަމާލުކަމަށް ޓަކައި ދަންނަވާލާނީ އަޅުގަނޑަކީ ކަރިކިޔުލަމް ލިޔާމިހެއް ނޫންކަމާ މިމަޒުމޫނަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ހިންގަވާ މާސްޓަރ އޮފް ޓީޗިން އެންޑް ލާރނިން ކޯހުގައި ކިޔަވާ ކޯހުގެ ކަރިކިޔުލަމް އެންޑް ޕެޑަގޮޖީ މާއްދާއިން އަޅުގަނޑު ހަދާފައިވާ އެސައިންމަންޓަކަށް ލިޔެފައިވާ ލިޔުމެކެވެ. އަދި މިމަޒުމޫނުގައި ހިމެނޭ މަޢުލޫމާތަކީ ކޯހުން ލިބުނު މަޢުލޫމާތާއި އަމިއްލައަށް މިދާއިރާގެ ޖާނަލް އާޓިކަލް އަދި ފަންނީބޭފުޅުންގެ ލިޔުންވުން ތަކުން ހޯދާފައިވާ ހޯދުން ތަކެވެ. އެހެންކަމުން ރިފަރެންސް ދިފައިވާނެއެވެ.  



Comments

Popular posts from this blog

Heading home about information