Posts

Showing posts from September 19, 2018

Heading home about information

ޕެޑަގޮޖީއަށް އަސަރުފޯރުވާ އަމިއްލަ ތަޢުލީމީ ފަލްސަފާ ތަޢާރަފް:             ހުރިހާކުދިންނަކީވެސް އެކުދީންގެ ތަފާތުތަކާއެކު އުނގެނުން ތަޖުރިބާ ކުރަމުންދާ ކުދީންނެވެ. އެހެންކަމުން މިއިން އެއްވެސް ކުއްޖަކު ބާކީނުވާނެ އުޞޫލުން ކިޔަވައިދިނުމަށް ތަފާތު ތަޢުލީމީ ފަލްސަފާތަކުގެ އަލީގައި ކިޔަވައިދެވޭނެ ގޮތްތަކެއް ދެނެގަންނަން ޖެހެއެވެ. އެހެންކަމުން   އުނގެނުމުގެ ނަޒަރިއްޔާތަކަށް މުދައްރިސުން އަހުލުވެރިވާން ޖެހެއެވެ. އެ ނަޒަރިއްޔާތަކުން ޤައުމީ ފަލްސަފާގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް ބޭނުންކުރެވިދާނެ ބައިތައް ހިމަނައިގެން ކިޔަވައިދިނުން ބައްޓަންކުރަން އެނގެން ޖެހެއެވެ. އެ ނަޒަރިއްޔާތަކުން އުނިކަންތައްތަކެއް ފާހަގަވާނަމަ އެކަންކަން ދޫކޮށްލާ އަމިއްލަ އުޞޫލުތައް ހިމަނައިގެންވެސް ދަރިވަރުންގެ ވިސްނުމާއި ސުލޫކު ކުރިއަރާނެ ފަލްސަފާއެއް ވިސްނަންޖެހެއެވެ. މިގޮތުން، މި ލިޔުމުގައި އަލިއަޅުވާލާފައިވާނީ އުނގެނުމުގެ ނަޒަރިއްޔާތަކުން ބޭނުންކުރެވިދާނެ ރަނގަޅު ގޮތްތަކެއް ލިޓްރޭޗަރއެއްގެ އެހީގައި ދެނެގަތުމަށްފަހު، މުދައްރިސެއްގެ ހައިސިއްޔަތުން ކިޔ...